ބޮލީވުޑްގެ މަޝްހޫރު ބަތަލު ސޯނޫ ސޫދު އަންނަނީ ކޯވިޑް 19 އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުންނެވެ. ސޯނޫ ވަނީ ހާލުގައި ޖެހިފައި ތިބި އާއިލާތަކަށާއި ފުލުހުންގެ އިދާރާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސޯނޫ ވަނީ ކިރިގިސްތާނުގައި އެނބުރި ގައުމަށް ނާދެވިފައި ތިބި އިންޑިއާގެ ދަރިވަރުން ބަލައި ދިއުމަށް އޭނާގެ ހަރަދުގައި ހާއްސަ ޗާޓަރު ފްލައިޓެއް ތާވަލުކޮށްފައެވެ.
ސޯނޫ ކުރި ޓުވީޓެއްގައި ބުނީ، ކިރިގިސްތާނުގައި ގައުމަށް އަނބުރާ ނާދެވިފައި ތިބި ކުދިން ގައުމަށް ގެންނަންވީ ވަގުތަކީ މިއީ ކަމަށެވެ. އެގޮތުން ފުރަތަމަ ޗާޓަރު ފްލައިޓް މިމަހުގެ 22 އަށް ޝެޑިއުލްކުރެވިފައި އޮތް ކަމަށާއި، ފްލައިޓްގެ މައުލޫމާތާއި އެހެނިހެން މައުލޫމާތު ކިރިގިސްތާނުގައި ތިބި ކުދިންނަށް މެއިލް ކުރެވޭނެ ކަމަށެވެ.
ސޯނޫ ވަނީ މީގެ ކުރިން ކޯވިޑް 19 އާއި ގުޅިގެން ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ އާއިލާތަކުގައި ތިބި ކިޔަވާ ކުދިންގެ ތައުލީމީ ހަރަދުތައްވެސް ދީފައެވެ. މީގެ އިތުރުން ސޯނޫ ވަނީ ފުލުހުންނަށް ފޭސް ޝީލްޑްވެސް ހަދިޔާ ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން