ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް މެއިލް ކުރަމުންދާތީ އެކަމަށް ސަމާލުވާން އަންގައިފިއެވެ.
ބީއެމްއެލްއިން ބުނީ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން ކަސްޓަމަރުންގެ އެކައުންޓް ޔަގީންކުރުމަށާއި އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދުމަށް ބަޔަކު އޮޅުވާލައިގެން ކަސްޓަމަރުންނަށް މެއިލް ކުރަމުންދާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އެ ބޭންކުން ނުހޯދާނެ ކަމަށާއި އެހެންކަމުން އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އެގޮތަށް މައުލޫމާތު ހޯދަން އެދިއްޖެނަމަ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވަނީ އެފަދަ މެއިލް ފޮނުވާ ފަރާތްތައް ބްލޮކްކުރުމަށް އިލްތިމާސްކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް