ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
އުމުރުފުޅުން 84 އަހަރު ފުރިފައިވާ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒު ވެރިރަށް ރިޔާދުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ވަނީ ގޯލްބްލެޑާ އަށް ދިމާވި މައްސަލައަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ.
2015 އަހަރުން ފެށިގެން ސައުދީ ރަސްކަމުގެ ތަހުތުގައި ހުންނެވި ރަސްގެފާނުގެ ސިއްހީ އިތުރު ބެލުންތަކެއްވެސް ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށް ސައުދީ މީޑިއާއިން ބުނެފައި ވެއެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ނުބުނެއެވެ.
ރަސްގެފާނު ސަލްމާނަކީ ސައުދީ ޝާހީ ރަސްކަމުގައި 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތަހުތަށް އިސްކުރެއްވުމުގެ ކުރިން ސަލްމާނު ހުންނެވީ ރިޔާދުގެ ގަވަރުނަރުކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ