ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް" އިން ވިއްކާ ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފި އެވެ.

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވި ގޮތުގައި، ކުކުޅު ފިހާރައިން ވިއްކާ މާސްކަކީ ފެންވަރު ރަނގަޅު އަދި ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި އާންމުކޮށް ބޭނުންކުރަން އެކަށީގެންވާ މާސްކެއްގެ ގޮތުގައި ސިއްހީ މާހިރުން ލަފާ ދީފައިވާ ކެޓަގަރީގެ މާސްކެކެވެ.

އެގޮތުން ހަތަރު ފަށަލަ (ލޭޔާ) ލާފައިވާ މި މާސްކުގެ ފުރަތަމަ ލޭޔަރަކީ ރެޕެލަންޓް ލޭޔާއެކެވެ. ދެން ހުރި ދެ ލޭޔާއަކީ ތަފާތު އެކި ބެކްޓީރިއާތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔަރެވެ. އަދި ހަތަރު ވަނަ ލޭޔަރަކީ މިފަދަ ކުނޑިތައް ދަމައިގަންނަ ލޭޔަރެވެ.

ކުކުޅު ފިހާރައިން މި މާސްކު ކުރިން ވިއްކަމުން އައީ 25 ރުފިޔާ އަށެވެ. ނަމަވެސް މާސްކުގެ އަގު މިހާރު ވަނީ 18 ރުފިޔާއަށް ހެޔޮކޮށްފަ އެވެ.

ނަޝާތު ވިދާޅުވި ގޮތުގައި، ކުކުޅު ފިހާރަ އީ-މޯލް އިން ވިއްކާ ސެނެޓައިޒާ އަކީ ވެސް މިވަގުތު ރާއްޖޭއިން ލިބޭނެ އެންމެ ކޮލިޓީ އަދި އަގުގެ ގޮތުން ބެލިޔަސް އެ ސެނެޓައިޒާއަކީ އަތްފޯރާ އަގެއްގައި ލިބޭނެ ސެނެޓައިޒާއެވެ. މަޝްހޫރު އެންޓަބެކްސް ބްރޭންޑުގެ އެ ސެނިޓައިޒާ ކުރިން 22 ރުފިޔާއަށް ވިއްކަމުން އައި ނަމަވެސް އަގު ހެޔޮކޮށް މިހާރު ސެނިޓައިޒާ ވިއްކަމުން އަންނަނީ 18 ރުފިޔާ އަށެވެ.

ކުކުޅު ފިހާރަ ޝޮޕިން މޯލަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ އެއް މޯލް އެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ ފަރާތުން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާއެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް ކުކުޅު ފިހާރައިން ބުނެ އެވެ.

މާސްކާއި ސެނެޓައިޒާ ގަތުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް އަދި މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އަދި ކުކުޅު ފިހާރަގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.