ޕީއެންސީއަށް ސޮއިނުކުރުމުން ރާއްޖެއިން، ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރު މަގާމުން ވަކިކޮށްފައިވާކަަމަށް ބުނެ "އަދަދު" ނޫހުން ޝާއިއުކުރި ހަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަފީރުން މަގާމަށް އައްޔަންކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ ދަށުން، ވަކި އުސޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއްކަމަށެވެ. އަދި އެފަދަ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ނިންމަވަމުންދާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސަރީރަކީ، 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭނާ ސަފީރެއްގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ 30 އޮކްޓޯބަރ 2024 ގައިކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ދެ ތާރީހުން ދައްކަނީ ސަފީރާ ގުޅޭގޮތުން އަދަދު ނޫހުގައިވާ މައުލޫމާތަކީ ރަނގަޅު ނޫން މައުލޫމާތެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންނަށް ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުގެ މަތީން، ފޮރިން ސާވިސްގެ މުވައްޒަފުން ގާނޫނާ ހިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރެއް ކޮށްފައި ނުވާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް