މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ނައިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފިއެވެ.
އެމްޓީސީސީން ބުނީ މިއަދު މެންދުރުފަހު އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ނައިބު ރައީސް އޮޅުންފިލުއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްޓީސީސީގެ ފުވައްމުލަކު ސިޓީގެ އެތެރެ މަގުތައް ހެދުމުގެ މަޝްރޫއުއާ ހދ. ހަނިމާދޫ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު އެމްޓީސީސީގެ އިސްވެރިން ނައިބު ރައީސަށް އަރުވާފައިވާ ކަމަށާއި މަޝްރޫއުތައް ކުރިއަށްގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދިއުމަށް ސަމާލުކަންދީގެން މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ ފަރާތުން ނައިބު ރައީސަށް ދީފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި ފުވައްމުލަކު ސިޓީގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހަނިމާދޫ ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު