ބިގްބޮސްގެ 13 ވަނަ ސީޒަންގެ ބައިވެރިއެއް ކަމަށްވާ މޮޑެލް އަދި ޕަންޖާބުގެ ލަވަކިޔުންތެރިޔާ ހިމާންޝީ ކުރާނާ ކޯވިޑް 19ޖެހިފައިތޯ ބެލުމަށް ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވް ވެއްޖެއެވެ.
ހިމާންޝީ ކޯވިޑަށް ޕޮޒިޓިވްތޯ ބެލުމަށް ޓެސްޓް ކުރީ، މީގެ ދެދުވަސް ކުރިންނެވެ. އެގޮތުން އޭނާ ވަރަށަ ބަލިކޮށް ދެތިން ދުވަހު އުޅުމަށްފަހު ބަލި ޖެހިފައިތޯ ބެލުމަށް ޓެސްޓް ކުރުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ހިމާންޝީ ކޯވިޑަށް ޕޮޒިޓިވް ކަމަަށްބުނެ އަޑުތަކެއް ފަތުރައިފައެވެ. އެހެންނަމަވެސް ހީމާންޝީގެ މެނޭޖަރު ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
އެގޮތުން ހިމާންޝީއަށް ކޯވިޑް 19 ޖެހިފައި ނުވާކަން، އޭނާގެ ފޭނުންނަށް ހިއްސާކުރުމަށް ކުރި ޓުވީޓެއްގައި އޭނާގެ މެނޭޖަރު ބުނީ، އެންމެން ކޮށްދިން ހެޔޮދުއާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ބިގްބޮސްއަށް ފަހު ހިމާންޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ އަދި ބިގްބޮސް 13 ގެ ދެވަނަ ހޯދި އާސިމް ރިއާޒު އާއިއެކު މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރުގެ ލަވަޔަކުންނެވެ. އޭނާ މިހާރު އަންނަނީ އާސިމު އާއިއެކު އިތުރު ލަވައެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގުގެ ލަވައެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން