ރިއާން އެއާގެ ފްލައިޓެއްގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.
ލަންޑަން އިން އޮސްލޯ އަށް ދަތުރު ކުރި ރިއާން އެއާގެ ފްލައިޓް އެފް1392ގެ ދަތުރުމަތީގައި ފްލައިޓުގައި ބޮމެއް އޮތްކަމަށް ބުނެ ބިރުދެއްކުމުން ހައްޔަރު ކޮށްފައިވަނީ 51 އަހަރުގެ އިނގިރޭސި ރައްޔިތެކެވެ.
މިހާދިސާ ހިނގުމާއެކު ނޯވޭއިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައި ފްލައިޓު އެސްކޯޓު ކުރުމަށް އެފް-16 ގެ ފައިޓާ ޖެޓްތައްވެސް ބޭނުންކޮށްފައެވެ.
142 ފަސިންޖަރުންނާ ހަ ކްރޫއިން ދަތުރުކުރި މި ފްލައިޓު ވަނީ ރައްކާތެރިކަމާއެކު ނޯވޭގެ ވެރިރަށް ގާޑާމޯން އެއާޕޯޓަށް ޖައްސައިފައެވެ.
ފްލައިޓު ރަންވޭއަށް ޖެއްސުމާއެކު އެމީހާ ހައްޔަރު ކޮށްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުން ހާއްސަ ތަހުގީގެއް ވަނީ ފަށައިފައެވެ. މިތަހުގީގުގައި ކައުންޓާ ޓެރަރިޒަމް ޓީމުތަކާއި ބޮމް ސްކޮޑްގެ ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޯވޭގެ ފުލުހުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ