މިހާތަނަށް އިރާ އެންމެ ކައިރިން ނަގާފައިވާ ފޮޓޯ ދައްކާލައިފިއެވެ.
އިރުން ފެށިގެން 77 މިލިއަން ކިލޯމީޓަރު ދުރުން ނެގި މި ފޮޓޯ ނަގާފައިވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސޯލާ އޯބިޓަރ ޕްރޯބް އިންނެވެ. މިއީ މިއަހަރުގެ ކުރީކޮޅު ޖައްވަށް ފޮނުވާލައިފައިވާ ޕްރޯބެކެވެ.
އިރުގެ އެންމެ ކައިރި މަންޒަރުން ފެންނަނީ ކުދި ކުދި އަލިފާން ގުޅަތަކެއް އެނބުރޭ މަންޒަރެވެ. މިއީ އިރުގެ ކޮންކަމަކާ ގުޅިގެން އުފެދިފައިވާ އަލިފާން ގުޅަތަކެއް ކަމެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިއީ އިރުގެ ހޫނުވާ ނިޒާމުގައި އިރުގެ ބޭރުގައި ހަރަކާތްތެރިވާ އެއްޗެހި ތަކެއް ކަމަށް ވަނީ ބެލެވިފައެވެ.
މި ޕްރޮޖެކްޓްގެ ސައިންޓިސްޓު ޑަނިއެލް މުލާ ވަނީ އިރުގެ އެންމެ ފިނި ހިސާބުގައިވެސް 5500 ޑިގްރީ ހުންނާނެ ކަމަށާއި އިރުގެ ބޭރުން ދަތުރުކުރާ ކުދި އަލިފާން ގުޅައިގައި އެތައް މިލިއަން ޑިގްރީއެއްގެ ހޫނު ހުންނާނެކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސޯލާ އޯބިޓަރ ޕްރޯބް އަކީ އިރާ ބެހޭ ހާއްސަ ދިރާސާތަކެއް ކުރުމަށް ފޮނުވާފައިވާ ޕްރޯބެކެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ