ބޮލީވުޑްގެ މަޝްހޫރު ތަރި ފަރްހާނު އަޚްތަރުގެ މުވައްޒަފަކުވެސް ނުރައްކާތެރި ކޯވިޑް 19 ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.

ފަރުހާނު އަޚްތަރުގެ ގޭގެ ސެކިއުރިޓީ ގާޑެއް ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ފަރްހާނު ދިރިއުޅޭ ގެ ހުންނަ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. ބާންޑްރާގައި ހުންނަ އެގޭގައި ފަރްހާން ދިރިއުޅެނީ އޭނާގެ މަންމަ ހަނީ އިރާނީ އާ އެކުގައެވެ.

އެކަމާ ގުޅިގެން ފަރްހާނު އަދި އޭނާގެ މަންމަ ބަލި ޖެހިފައިތޯ ބެލުމަށް ޓެސްޓް ކުރިކަމެއް ސާފެއް ނުވެއެވެ. ފަރްހާނުގެ ސެކިއުރިޓީ ގާޑެއް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ފަރުހާންގެ ގެޔާއި ވަރަށް ކައިިރީގައި އުޅޭ ކުރީގެ މަޝްހޫރު ބަތަލާ ރޭކާގެ ސެކިއުރިޓީ ގާޑެއްވެސް ވަނީ މިިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވް ވެފައެވެ.