މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"އިން ބޮޑު އީދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހު 15ގެ ނިޔަލަށް ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެއެވެ.

އެގޮތުން މި ޕްރޮމޯޝަންގައި، ކުކުޅު ފިހާރައިން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ނުކޮށާ ކުކުޅުގެ 10 ކޭސް ގަތުމުން 10 ރުފިޔާގެ ޑިސްކައުންޓެއްވެސް މި ޕްރޮމޯޝަނުގައި ލިބޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނަކީ ހޯލްސޭލްކޮށް ވިއްކާ ފިހާރަތަކަށް ރަނގަޅު ފުރުސަތެއްކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. ކުކުޅު ފިހާރައިން ހޯލްސޭލްކޮށް ގަންނަ ތަކެތި ފިހާރައަށް ނުވަތަ ބޯޓާ ހަމަޔަށް ހިލޭ ގެންގޮސްދޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ހޯލްސޭލްކޮށް މުދާ ގަންނަ ފިހާރަތަކަށް ނޫން ކަމަށްވެސް ކުކުޅު ފިހާރައިން ބުނެއެވެ. އެގޮތުން އާއިލާ ނުވަތަ އަވަށްޓެރިން އެކުގައި 10 ކޭސް ކޮށި ކުކުޅު ގަނެފި ނަމަ އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ ކަމަށް ވެސް ކުކުޅު ފިހާރައިިން ބުނެއެވެ.

މީގެ އިތުރުން ކުކުޅު ފިހާރައިން ވިއްކާ ކޮށި ކުކުޅުގެ ޕެކިންގައި ހުރިހާ ސައިޒެއް އެނގޭނެހެން ލޭބަލް ކުރެވިފައިވާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ. މިކަމުގެ ސަބަބުން ބޮޑު އީދު އަންހެންވެރިންނަށް ލުއިވުމުގެ އިތުރުން، ކުކުޅު ކޮށަން ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެއެވެ.

ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ވަނީ ތައާރަފު ކޮށްފައެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރައިން މިދިޔަ ހަފުތާގައި ވަނީ އއ. ތޮއްޑޫގައި އެ ފިހާރައިގެ ޝޯ ރޫމެއްވެސް ހުޅުވައިފައެވެ. މި މަސްތެރޭގައި އިތުރު ރަށްތަކުގައި އެ ތަނުގެ އައުޓްލެޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.