ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓާ ހެދުމުގެ މަޝްރޫއުގެ %92 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި ބަނދަރު ސަރަހައްދުގައި 1،975 ސްކެއާ މީޓަރުގެ ޕޭވްމެންޓެއް ގާއިމްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މަރަދޫ އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީތަކުގެ މަސައްކަތްވެސް ފަށައިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، 419 މީޓަރުގެ ކީ ވޯލް ލުމުގެ އިތުރުން 340 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓާގެ ހެދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި