ލަންކާގެ ބޯޑަރު ހުޅުވުން އަނެއްކާވެސް ލަސްކުރަން ނިންމައިފިއެވެ.
ލަންކާގެ ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު އެގައުމުން ވަނީ އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ފަށައިފައެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް އެގައުމުގެ ބޯޑަރު ބަންދު ކުރުމަށްފަހު މިހާތަނަށް ދެ ފަހަރެއްގެ މަތިން ހުޅުވާނެ ތާރީހު ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެގައުމުގެ ކޮވިޑް ކޭސްތައް އިތުރުވުމާއެކު ވަނީ އެކެއް އޮގަސްޓުގައި ހުޅުވަން ކަނޑައެޅި ތާރީހުވެސް އަލުން ލަސްކޮށްފައެވެ.
ލަންކާގެ ޓުއަރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ ވަނީ ބޯޑަރު ހުޅުވާނެ ސީދާ ތާރީހެއް މިވަގުތު ދެވެން ނެތްކަމަށް ވިދާޅުވެފައެވެ.
ޕްރަސަންނަ ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ އެގައުމުގައި ކޮވިޑް ފެތުރުން ހުއްޓުވުމާއި ބޭރު ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެދިއުމަށް ކަމަށް ވިދާޅުވެފައެވެ.
ލަންކާ ސަރުކާރުން ވަނީ ކޮމާޝަލް ފްލައިޓުތައް ފެށުމަށް ނިންމާނީ އެގައުމުން ބޭރުގައި ތާށިވެފައި ތިބި ހުރިހާ ރައްޔިތުން އަނބުރާ ގެންދިއުމަށް ފަހުގައި ކަމަށް ބުނެފައެވެ.
ސްރީލަންކާއިން މިހާތަނަށް ކޮވިޑްގެ 2646 ކޭސް ފެނިފައިވާއިރު އެގައުމުން ކޮވިޑް ޖެހިގެން 11 މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ