އައްޑޫ ސިޓީ ހިތަދޫގެ އިމާރާތަކުން ދެ އަހަރުގެ ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ އައްޑޫ ސިޓީގައި ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކުއްޖާއަށް މިހާރު އައްޑޫ އީކުއޭޓަރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.