ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ޗައިނާގެ ދައުލަތުގެ ކުންފުނިތަކަށް ރާއްޖޭގެ 12 ރަށެއް ކުއްޔަށް ދީފައި ނުވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ދައުލަތުގެ ކުންފުނިތަކަށް ރާއްޖޭގެ 12 ރަށެއް ކުއްޔަށް ދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު މިއަދު އާންމުކުރެއްވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ވަނީ، ރާއްޖޭގެ އިސްތިގުލާލު ޗައިނާއަށް ވިއްކާލައިފައި ކަމަށެވެ. އަދި ޗައިނާގެ ދައުލަތުގެ ކުންފުނިތަކަށް ރާއްޖޭގެ 12 ރަށެއް ކުއްޔަށް ދީފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޗައިނާ ސަފީރު، މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާއޭ ކިޔައިގެން ރައީސް ނަޝީދު ދައްކަވާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެގޮތުން 12 ރަށެއް ކުއްޔަށް ދީފައި ނުވާ ކަމަށެވެ.
ޗައިނާ ސަފީރު ވަނީ އެ ޓުވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު