އަބީޝެކް ބަޗަން ގެ ދަރިފުޅު އަރާދުޔާ ބަޗަން އަދި އަންހެނުން އައިޝްވާރިޔާ ރާއީ ބަޗަން ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރޭގެ ވަގުތެއްގައި އަބީޝެކް ބަޗަން އަދި އޭނާގެ ބައްޕަ އަމީތާބު ބަޗަން ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އަމީތާބުގެ އަންހެނުން ޖަޔާ ބަޗަން ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.
އައިޝްވާރިޔާ އަދި އަރާދުޔާ ވެސް ކޯވިޑް 19 އަށް ނެގެޓިވް ކަމަށް ވިދާޅުވެ މަހާރާސްތުރާގެ ހެލްތު މިނިސްޓަރު މީގެ ކުރީން ކުރެއްވި ޓުވީޓު އިރުކޮޅެއް ފަހުން ވަނީ ޑިލީޓް ކުރައްވައިފައެވެ.
އަމީތާބު ބަޗަން އޭނާގެ އާއިލާއާއިއެކު ދިރިއުޅުމުން އަންނަ ޖަލްސާ ރެސިޑެންސް ވެސް މިހާރު ވަނީ މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަަސައްކަތް ފަށައިފައެވެ. އަބީޝެކް އަދި އަމީތާބު އެޑްމިޓްކޮށްފައިވާ ނަނަވަތީ ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އެދެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.
އަމީތާބު އަދި އަބީޝެކް ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމީހުންގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން