ގދ. މަޑަވެލި، ހޯނޑެއްދޫ ކޯޒްވޭ އަލުން ފަރުމާކޮށް، އަމަލީ މަސައްކަތް އަވަހަށް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ފާސް ކޮށްފިއެވެ.
އެކޮމިޓީން މިގޮތަށް ފާސް ކުރީ، މަޑަވެލި، ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެރަށަށް ލިބެމުންދާ ގެއްލުންތަކާއި އުދައެރުމުގެ މައްސަލަ ކޮމިޓީން ބެލުމަށްފަހު އެކުލަވައިލި ރިޕޯޓްގައި ހިމަނައިގެންނެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ، މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެ ރަށަށް ލިބެމުންދާ ގެއްލުން ތަކަކީ، އެމަޝްރޫއު ކުރިޔަށް ގެންދިޔަ ފަރާތުގެ ބޮޑެތި އިހުމާލުތަކެއް އެކަމުގައި އެކުލެވިގެންވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކެއް ކަމަށް ކޮމިޓީގެ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކޮމިޓީއަށް ފާހަގަވާ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން، ތިމާވެއްޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޖެހޭ ކަމަށް ވެސް ރިޕޯޓްގައި ކަނޑައަޅާފައި ވެއެވެ.
އެހެންކަމުން އެ ސަރަހައްދަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަލުން ފަރުމާކޮށް އަމަލީ މަސައްކަތް އަވަހަށް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާ ކަމަށް ހިމަނައި އެ ރިޕޯތް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެ ރިޕޯޓުގައި އެެމައްސަލައާ ބެހޭގޮތުން ކޮމިޓީއަށް ފާހަގަ ކުރެވުނު ކަންތައްތައްވެސް ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް