ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޕަމް ކޭރުގެ މަންމަ ހިމެނޭ ގޮތުން އާއިލާގެ ގިނަ ބަޔަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އަނޫޕަމް ކުރި ޓުވީޓެއްގައި ބުނީ، މަންމަ ދުލާރީ ކޭރު ކޯވިޑް 19 އަށް ޕޮޒިޓިވްވެގެން ކޮކިލާބެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ. އަނުޕަމް ވަނީ އޭނާގެ މަންމަގެ އިތުރުން ބޭބެއާއި ބޭބެގެ އަންހެނުންވެސް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ.
އަނުޕަމް ބުނީ އެކަމާ ގުޅިގެން އޭނާވެސް ބަލިހުރިތޯ ބެލުމަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އޭނާ ކޯވިޑް 19 އަށް ނެގެޓިވް ކަމަށެވެ.
ރޭގައި ވަނީ ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބަޗަން އަދި އޭނާގެ ދަރިފުޅު އަބީޝެކް ބަޗަން ވެސް ކޯވިޑް 19 އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ. މީގެ ދެދުވަސް ކުރިން ވަނީ ކުރީގެ މަޝްހޫރު ބަތަލާ ރޭކާގެ މުވައްޒަފަކުވެސް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން