ރޭގެ ވަގުތެއްގައި ކޯވިޑް 19 އަށް ޕޮޒިޓިވް ވި ބޮލީވުޑްގެ މެގަސްޓާ އަމީތާބު ބަޗަން އަދި ދަރިފުޅު އަބީޝެކް ބަޗަންގެ ހާލު ރަނގަޅު ކަމަށް މަހަރަސްތުރާގެ ހެލްތު މިނިސްޓަރު ރާޖޭޝް ޓޯޕު ވިދާޅުވެއްޖެއެވެ.
އަބީޝެކް އަދި އަމީތާބުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ހެލްތު މިނިސްޓަރު ޓުވީޓް ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެދެމީހުންގެ ހާލު ރަނގަޅު ކަމަށާއި، މިވަގުތު އެ ދެމީހުންގެވެސް ހުން އެބަހުރި ކަމަށެވެ. ރާޖޭޝް ވިދާޅުވީ، އޭނާއަށް އެމައުލޫމާތު ދެއްވީ، އަބީޝެކް އަދި އަމީތާބު އެޑްމިޓް ކުރި މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުގެ ޑައިރެކްޓަރު އޮފް މެޑިކަލް ސާރވިސަސް ޑރ ޕަޓްކަރު ކަމަށެވެ.
އަބީޝެކް އަދި އަމީތާބުގެ އާއިލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރާޖޭސް ވިދާޅުވީ، ޖަޔާ ބަޗަން އާއި އައިޝްވާރިޔާ ރާއީ އަދި އަރަދުޔާ ބަޗަން ގެ ސާމަޕަލު ވަނީ ނަގާފައި ކަމަށާއި އަދި ނަތީޖާ ނުލިބޭ ކަމަށެވެ.
އަމީތާބު އަދި އަބީޝެކް އަށް ކޯވިޑް 19 ޖެހުނު ކަން އެނގުނު ހިސާބުން އެމީހުންގެ ސަޕޯޓަރުން އަންނަނީ އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ވަނީ އެދެމީހުންނަށް އަވަސް ޝިފާއަކަށް އެދި ޓުވީޓްތައް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން