ބޮލީވުޑްގެ މަޝްހޫރު ތަރި، އަމީތާބް ބައްޗަން ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
އަމީތާބް ބަޗަން އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުގައެވެ. އަމީތާބު ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވެ ވިކަން އޭނާގެ ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.
އަމީތާބު ކުރި ޓުވީޓުގައި ބުނެފައިވަނީ އާއިލާގެ މެމްބަރުންނާއި މުވައްޒަފުން ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި ނަތީޖާގެ އިންތިޒާރުގައި ތިބިކަމަށެވެ. އަދި މިދިޔަ 10 ވަރަކަށް ދުވަހު އޭނާއާ ދިމާވެފައިވާ އެންމެން ވެސް ކޮވިޑަށް ޓެސްޓް ކޮށްދިނުމަށް އަމީތާބް އެދިފައިވެއެވެ.
އުމުރުން 77 އަހަރުގެ އަމީތާބަކީ އަދިވެސް ބޮލީވުޑްގެ އެންމެ ބާރުގަދަ އަދި އެންމެ ނަން ހިނގާ އެއް ތަރިއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސުޖިތް ސިރްކާސް ޑައިރެކްޓްކުރި ފިލްމު "ގުލާބޯ ސިތާބޯ" އެވެ. އަމީތާބް ބައްޗަންއާއެކު އަޔޫޝްމަން ކުރާނާ ފެނިގެންދާ މި ފިލްމު، ކޮރޯނާވައިރަހާ ގުޅިގެން ބޮޑު ސްކްރީނުގައި ޕްރިމިއާ ނުކުރި ނަމަވެސް، މިދިޔަ މަހުގެ 12 އިން ފެށިގެން އެމެޒޯން ޕްރައިމްގައި ވަނީ ސްޓްރީމް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ