ކުޅިވަރު

އުކުޅަހުގައި ތަރައްގީ ކުރި ޒަމާނީ ފެންވަރުގެ ވޮލީކޯޓު ނިންމައި ބޭނުންކުރަން ފަށައިފި

އައިދާ އަބްދުލް ހަކީމް

2

ސަރުކާރުގެ ކުޅިވަރު ކުރިއެރުވުމުގެ ޕޮލިސީގެ ދަށުން އއ. އުކުޅަހު ކައުންސިލުން ތަރައްގީ ކުރި ޒަމާނީ ފެންވަރުގެ ވޮލީކޯޓު ނިންމައި ބޭނުންކުރަން ފަށައިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އުކުޅަހު ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ މި މަސައްކަތުގައި ޔޫތު މިނިސްްޓްރީ އާއި އުކުޅަހު ގްލޯރިޔަސް ސްޕޯޓްސް ކުލަބްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ ފައިވާ ކަމަށެވެ.

އެގޮތުން ކޯޓު ހެދުމަށް ބޭނުންވާ މެޓް މިނިސްޓްރީން ފޯރުކޮށްދީފައިވާ އިރު އެތަނުގެ މަސައްކަތް ކޮށްފައި ވަނީ އުކުޅަހު ކައުންސިލާއި ގްލޯރިޔަސް ސްޕޯޓްސް ކުލަބް ގުޅިގެންނެވެ.

ޔޫތު މިނިސްޓްރީ ބުނީ އުކުޅަހު ވޮލީ ކޯޓުގެ މަސައްކަތަކީ މިނިސްޓްރީން ތަކެތި ދިނުމުން އެރަށުގެ ކައުންސިލުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ކުޅިވަރު ކުޅޭ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް ކޮވިޑާއި ގުޅިގެން މިހާރު ވަނީ މަޑު ޖެހިފައެވެ.