1.3 ބިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ޕްރޮޖެކްޓެއް ޑަބްލިއުއެޗްއޯއިން ފަށައިފިއެވެ.
ޑަބްލިއުއެޗްއޯއިން މިޕްރޮޖެކްޓު ފެށުމަށް ނިންމައިފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ކޮވިޑް ޖެހުމުން ދިމާވާ އުނދަގޫތައް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެ ބޮޑުކަމަށް ހާމަވެފައިވާތީއެވެ.
ޑަބްލިއުއެޗްއޯގެ މި ޕްރޮޖެކްޓުގައި ބައިވެރިވާ ފަރާތްތަކަށް، ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީއަށް ހިލޭ އެކްސެސް ވެވޭނެއެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައި ޑިޖިޓަލް ހެލްތު ވޯކަރެއްގެ އެހީގައި ކޮވިޑާއި ޓޮބޭކޯގެ މައުލޫމާތު ފޯރުކޮށްދީ އެމީހަކާ ގުޅޭ ގޮތަށް ހާއްސަކޮށްގެން ޕްލޭނެއް ތައްޔާރު ކުރާނެއެވެ.
މިޕްރޮގްރާމަކީ ޑަބްލިއުއެޗްއޯ އާއި އދ ގެ އިންޓަ އެޖެންސީ ޓާސްކްފޯސް އޮން ނޮން ކޮމިއުނިކެބަލް ޑީޒީސް އަދި ކޯލިޝަން ފޯ އެކްސެސް ޓު އެންސީޑީ މެޑިސިންސް އެންޑް ޕްރޯޑަކްޓްސް ގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ޑަބްލިއުއެޗްއޯއިން ބުނީ މިޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ ޖޯޑަންގައި ކަމަށެވެ. އެހެން ގައުމުތަކުގައިވެސް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ