ކޮވިޑް 19 އިން ރާއްޖެ ރައްކާތެރިކޮށްދިނުމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ހިދުމަތުގެ މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށް ހިލޭ ކޮވިޑް 19 އެންޓިބޮޑީ ޓެސްޓު ހެދުމުގެ ހަރަކާތެއް ހިންގުމަށް އޭޑީކޭއިން ނިންމައިފި އެވެ.
އޭޑީކޭ އިން މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 3000 އެންޓިބޮޑީ ޓެސްޓު ހެދުމަށް އެ ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ. އަދި މި ޓެސްޓުތައް ކުރުމަށް ނިންމާފައިވަނީ ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒާ ބޭނުން ކޮށްގެން ކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ.
އެގޮތުން ކޮވިޑް 19 އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުން ކުރާނެ އުސޫލުތައް ކަނޑައަޅައި، އެކަމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން، އަންނަ ހަފްތާގެ ތެރޭ ޓެސްޓު ކުރަން ފެށުމަށް ހަމަޖައްސާފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން ވަނީ ކޮވިޑް 19އިން ރާއްޖެ ރައްކާތެރި ކުރުމަށްޓަކައި ކުރީ ސަފުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ މިންނެތް މަސައްކަތް ފާހަގަކޮށް، އެ މަސައްކަތްތެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޮވިޑް 19 އެންޓިބޮޑީ ޓެސްޓު ހެދުމަށް ކުރީ ސަފުގައި މަސައްކަތްކުރާ ގިނަ މަސައްކަތްތެރިން އެދޭ ކަމަށްވެސް އޭޑީކޭއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު