މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ، މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މީރާގެ ބޯޑަށް މެންބަރަކު އައްޔަނު ކުރުމަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މީރާގެ މެންބަރަކު އިސްތިއުފާ ދިނުމުގެ އިތުރުން، އެ ބޯޑުގެ ތިން މެންބަރެއްގެ މުއްދަތު ހަމަވާތީއެވެ.

މީރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑު ކުރެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.