ކޮވިޑުން ރައްކާތެރިވުމަށް އިންޑިއާ މީހަކު ރަނުން މާސްކު ހަދައިފިއެވެ.
އިންޑިއާގެ ޕޫނޭ އަށް ނިސްބަތް ވާ ޝަންކަރު ކުހާދޭ ވަނީ އޭނާ ރަނުން މާސްކު ހެދުމަށް 4000 ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ބުނެފައެވެ.
ބަރުދަނުގައި 60 ގްރާމް ހުންނަ މިމާސްކު ހެދުމަށް އަށް ދުވަސް ހޭދަވި ކަމަށް ޝަންކަރު ވަނީ ބުނެފައެވެ. ތުނިކޮށް ހަދާފައިވާ މި މާސްކުގައި ނޭވާލުމަށް ފަސޭހަޔަކަށް ވަރަށް ކުދި ލޯވަޅުތަކެއް ހުންނާނެ ކަމަށް އޭނާ ބުނެއެވެ.
މިމާސްކުން ފުރިހަމަ ރައްކާތެރިކަން ލިބޭނެކަން ޔަގީން ނުވިޔަސް ޝަންކަރު ވަނީ އޭނާ އެހެން ގޮތް ގޮތުން ރައްކާތެރިކަން ހޯދާކަމަށް ބުނެފަ އެވެ.
ރަނުގެ ބާވަތްތަކަށް ލޯބި ކުރާ ޝަންކަރުގެ ހަށިގަނޑުވެސް ރަނުން ޖަރީކޮށްފައިވާ ގަހަނާތަކުން ވަނީ ފުރާލައިފައެވެ. އޭނާގެ ކަނާއަތުގެ ހުރިހާ އިނގިއްޔެއްގައި ރަން އަނގޮޓި އަޅާފައި ހުރެއެވެ.
ރަން މާސްކެއް ހެދުމުގެ ހިޔާލު އައިސްފައިވަނީ ރިހި މާސްކެއް އަޅައިގެން ހުރި މީހަކު ޓީވީން ފެނިގެން ތަފާތު ތަޖުރިބާއެއް ކުރުމަށް ކަމަށް ޝަންކަރު ބުނެއެވެ. އޭނާ ބުނީ މި ރަން މާސްކު ގިނަބައެއްގެ މެދުގައި ކަމުގޮސްފި ކަމަށާއި ފެންނަ ހުރިހާ މީހުން ކަހަލަ ގޮތަކަށް ސެލްފީ ނަގާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ