އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ އެކުއްޖާގެ ދޮންބައްޕަގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް މިދު ދީފައިވާ ކަމަށެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޖެންޑާ މިނިސްޓްރީގެ ސީއެފްޕީސީ ޕްރޮސީޖާގެ ތެރެއިން ވެސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް އިއްޔެ ވިދާޅުވީ، އެ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރީ، 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ނިސްބަތްވާ ރަށާއި އެހެނިހެން މައުލޫމާތުތައް ވަން އަށް ކަށަވަރުވެފައިވީ ނަމަވެސް އެ މައުލޫމާތު މި ހަބަރުގައި ހިމަނާފައި ނުވަނީ އެ ކުއްޖާގެ ކަރާމާތަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު