މުނިފޫހިފިލުވުން

އަޖޭގެ ''މައިދާން'' ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފި

އީމާ މުހައްމަދު ވަހީދު

ކޯވިޑް 19 މިދުވަސްކޮޅު ހަލުވިކަމާއިއެކު ފެތުރެމުންދާތީ، ގިނަ ފިލްމުތަކެއް ރިލީޒު ކުރާ ތާރީހުވެސް މިވަނީ ފަސްކުރަން ޖެހިފައެވެ. އެގޮތުން މަޝްހޫރު ތަރި އަޖޭ ޑޭވްގަން ގެ ފިލްމެއް ކަމަށްވާ "މައިދާން" ރިލީޒު ކުރާ ތާރީހު ވެސް ވަނީ ފަސްކޮށްފިއެވެ.

އަޖޭ އިންސްޓަގްރާމުގައި ބުނީ މިހާރު މައިދާން ރިލީޒު ކުރާ ގޮތަށް ހަމަޖެހިފައިވާ ތާރީހަކީ މިއަންނަ އަހަރުގެ އޯގަސްޓްމަހުގެ 13 ވަނަ ދުވަސް ކަމަށެވެ. އެއީ އިންޑިއާއަށް މިނިވަންކަން ލިބުމުން އެކަން ފާހަގަކުރާ ހަފްތާ ތެރެއެވެ.

މައިދާން އަކީ އިންޑިއާގައި ފުޓްބޯޅަ މަޝްހޫރު ކުޅިވަރަކަށް ހެދުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ސައެދު އަބްދުލް ރަހީމްގެ ދިރިއުޅުމުގެ މައްޗަށް ކުޅޭ ފިލްމެކެވެ. ސައެދު ވަނީ 1950 އިން ފެށިގެން 1963 ވަނަ އަހަރާ ހަމަޔަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗު ކޮށްދީފައެވެ.