މެއި މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު 0.05 ޕަސެންޓް މަތިވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން، މެއި މަހުގެ އިންފްލޭޝަން ރޭޓް 0.05 ޕަސެންޓް މަތިވެފައި ވާއިރު، އެޕްރީލް މަހުގެ އިންފްލޭޝަން 3.23 ޕަސެންޓަށް ދަށުގަ އެވެ.

މަހުގެ އަގަށް އައިބަދަލު ނުލައި ބަލާއިރު މެއި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.04 ޕަސެންޓް ދަށުގަ އެވެ. ހުސްވި އަހަރުގެ އެޕްރީލް މަހަށް ބަލާއިރުއެ އަދަދު ހުރީ، 3.43 ޕަސެންޓް ދަށުގައި ކަމަށްވެސް އެ ރިޕޯޓުން ދައްކައެވެ.

ހުސްވި އަހަރުގެ މެއި މަހުން މި އަހަރުގެ މެއި މަހާ ހަމަޔަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް 3.87 ޕަސެންޓް ދަށްވެފައިވާ ކަމަށައި، މިއަދަދު، ހުސްވި އެޕްރީލުން މި އަހަރުގެ އެޕްރީލް މަހާ ހަމަޔަށް ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 3.62 ޕަސެންޓް ދަށަށް ގޮސްފައި ކަަމަށްވެސް ބުނެފައި ވެއެވެ.

މެއި މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ހޮޓާ، ކެފޭ، ރެސްޓޯރެންޓާއި، ތަރުކާރީ އާއި ގޭގޭގެ ކުއްޔާއި، ކުޅިވަރާއި ސަގާފަތާއި، ފަށާ ތައުލީމާއި އިބްތިދާއީ ތައުލީމާއި ޕެސްޓާއި، ސާނަވީ ތައުލީމާއި ފައިވާނާއި ބޫޓު ފަދަ ތަކެތި ހިމެނެއެވެ.

އެގޮތުން، ހޮޓާ، ކެފޭ، ރެސްޓޯރެންޓުގެ ބައިން، 2.15 ޕަސެންޓަށް، ތަރުކާރީގެ ބައިން 4.12 ޕަސެންޓަށް، ގޭގެ ކުލީގެ ބައިން 0.50 ޕަސެންޓް ވަނީ ދަށް ވެފައެވެ.

މީގެ އިތުރުން ކުޅިވަރާއި ސަގާފީ ކަންތައްތަކުގެ ބައިން 14.04 ޕަސެންޓް، ފަށާ ތައުލީމާއި އިބްތިދާއީ ތައުލީމުގެ ބައިން 5.73 ޕަސެންޓް އަދި ޕެޓްސްގެ ބައިން 14.05 ޕަސެންޓް، ސަގާފީ ތައުލީމުގެ ބައިން 5.22 ޕަސެންޓް ބޫޓު ފަދަ ތަކެތީގެ ބައިން 0.61 ޕަސެންޓް އަގު ވަނީ ދަށަށް ގޮސްފައެވެ.

މިދިޔަ މެއި މަހު އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި، މޭވާ އާއި މަހާއި، މޯބައިލް ހިދުމަތްތަކާއި، ބިހާއި، ކިރުފަދަ ތަކެރީގެ އިތުރުން، އިންޓަނެޓާއި، ލޭންޑްލައިން ހިދުމަތްތަކާއި، އެހެނިހެން މުއާސަލާތީ ހިދުމަތްތައް ހިމެނެއެވެ.

އެގޮތުން، މޭވާގެ ބައިން، 11.41 ޕަސެންޓް، މަހުގެ ބައިން 2.02 ޕަސެންޓް، މޯބައިލް ހިދުމްތަތަކުގެ ބައިން 0.65 ޕަސެންޓް ބިހާއި ކިރުފަދަ ތަކެތީގެ ބައިން 0.56 ޕަސެންޓް، އިންޓަނެޓްގެ ބައިން 1.16 ޕަސެންޓް އޭގެ އިތުރުން ލޭންޑްލައިން ހިދުމަތުގެ ބައިން 9.57 ޕަސެންޓް، އެހެނިހެން މުއާސަލާތީ ހިދުމަތުގެ ބައިން 0.49 ޕަސެންޓަށް އަގު ވަނީ މައްޗަށް ގޮސްފައެވެ.