މުނިފޫހިފިލުވުން

އަބީޝެކް ބޮލީވުޑްގައި 20 އަހަރު

އީމާ މުހައްމަދު ވަހީދު

މަޝްހޫރު ފިލްމީ ތަރި އަބީޝެކް ބަޗަން ބޮލީވުޑްގައި މަސައްކަތް ކުރާތާ 20 އަހަރު ވެއްޖެއެވެ. މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއި އާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ އަބީޝެކް އަކީ ޖަޔާ ބަޗަން އަދި އަމީތަބު ބަޗަންގެ ފިރިހެން ދަރިފުޅެވެ.

ބޮލީވުޑްގައި އެހާ ބޮޑު ކާމިޔާބީއެއް އަބީޝެކް އަށް ހާސިލުކުރެވިފައި ނުވިނަމަވެސް، އޭނާ ވަނީ އާއްމުންގެ ތެރޭގައި ވަރަށް ހިނގި ބައެއް ފިލްމުތަކުގެ ލީޑްރޯލުން ފެނިގެން ގޮސްފައެވެ. އަބީޝެކް އޭނާގެ ފިލްމީ ކެރިއަރު ފެށީ 2000 ވަނަ އަހަރު ރިލީޒް ކުރީ "ރެފިއުޖީ" އިންނެވެ. އެ ފިލްމުގެ ލީޑްރޯލުން އަބީޝެކްގެ އިތުރުން ފެނިގެންގޮސްފައިވަނީ ކަރީނާ ކަޕޫރުއެވެ.

އަބީޝެކް ލީޑް ރޯލުން ފެނިގެން ގޮސްފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ހައުސް ފުލް 4"، "ކަބި އަލްވިދަ ނާ ކެހެނާ"، އަދި "ބޮލް ބަޗަން" އެވެ.

އަބީޝެކް ބޮލީވުޑްގައި 20 އަހަރު ހަމަވުމުން މަޝްހޫރު ތަރި ސުނިލް ޝެޓީ ވަނީ އެކަމަށް އޭނާއަށް މަރުހަބާ ކިޔައި ހާއްސަ ޕޯސްޓެއް ކޮށްފަ އެވެ. އިންސްޓަގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގައި ސުނިލް ބުނީ، 20 އަހަރުވިޔަސް އަދިވެސް އަބީޝެކް އަކީ އޭނާގެ ފެވަރިޓް ކަމަށެވެ. ސުނިލް ޝެޓީގެ އިތުރުން ވެސް ވަރަށް ގިނަ ތަރީން ވަނީ އަބީޝެކް އަށް މި މުނާސަބަތާ ގުޅިގެން މަރުހަބާ ކިޔައިފަ އެވެ.

ބޮލީވުޑްގައި ނެޕޮޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން އާއްމުން ބަހުސް ކުރަމުންދާ މިދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ އަބީޝެކް އަށްވެސް ފާޑު ކިޔަމުންނެވެ. އެގޮތުން، އޭނާއަށް އެކްޓް ކުރަން ނޭނގޭ ކަމަށާއި، ބޮލީވުޑްގައި އެ ހުރެވެނީ އަމިތާބު ބަޗަންގެ ދަރިފުޅަށް ވާތީ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ.