ޓެކްނޮލޮޖީ

ފޭސްބުކްގެ ޑާކް މޯޑް މޯބައިލް ފޯނަށް

މުހައްމަދު އައުޒަމް

ފޭސްބުކްގެ ޑާކް މޯޑްގެ ޓެސްޓުތައް މޯބައިލް ފޯނަށް ފަށައިފިއެވެ.

ފޭސްބުކް އިން ޑެސްކްޓޮޕް ޑާކް މޯޑް އިންޓަފޭސް ތައާރަފު ކުރުމަށްފަހު މޯބަައިލް ފޯނުގައި ޑާކް މޯޑް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައި މިހާރު ވަނީ ބައެއް ފޯނުތަކަށް ދޫކޮށްފައެވެ. ފޭސްބުކްގެ ޑާކް މޯޑް ޓެސްޓު ކުރުމަށް ދޫކޮށްފައިވަނީ ދުނިޔޭގެ މަދު ފޯނު ތަކަކަށެވެ.

ޑާކް މޯޑުގެ ބޭނުމަކީ އަނދިރި މާހައުލުތަކުގައި ފޭސްބުކް ބޭނުން ކުރުމުގައި ލޮލަށް ކުރާ ބާރު ދަށްކޮށް ގަދަ އަލިތަކުން ލިބޭ ގެއްލުން ކުޑަކުރުން ކަމަށް ފޭސްބުކްގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

މޯބައިލް ފޯނަށް ޑާކް މޯޑް ޓެސްޓުކުރަން ފަށާފައިވާއިރު އަދި މިހާތަނަށް ޓެސްޓުތައް ފުރިހަމަ ވެ ފޭސްބުކް ބޭނުންކުރާ އެންމެނަށް މިހިދުމަތް ލިބޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން ވަނީ ޓުވިޓާގައި އެމީހުން ޑާކް މޯޑް ބޭނުންކުރުމުގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ.