ދުވާލަކު 100،000 ކޮވިޑް ކޭސް އެމެރިކާއިން ފެނިދާނެ ކަމަށް ފައުސީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ޑިރެކްޓަރު ޑރ އެންތޮނީ ފައުސީ ވަނީ އެގައުމުގެ ސެނެޓުގައި ވައިރަސް އާއި ބެހޭގޮތުން ވާހަކަ ދައްކަވައިއެވެ. ފައުސީ ވިދާޅުވީ އެމެރިކާއިން ދުވާލަކު 100،000 މީހުން ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް އެކަމާ ހައިރާންވެވަޑައި ނުގަންނަވާނެ ކަމަށެވެ.
ފައުސީ ވިދާޅުވީ އެމެރިކާގެ ރައްޔިތުން ކޮވިޑާމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި އެގައުމުގައި ކޮވިޑް ކޮންޓްރޯލް ނުވާކަން ސާފުކޮށް ފެންނަށް އޮތް ކަމަށެވެ. ފައުސީ ވަނީ އެމެރިކާގެ ގިނަ ރައްޔިތުން މާސްކު އެޅުމާއި ސޯޝަލް ޑިސްޓެންސްގެ ގަވާއިދުތަކަށް އެއްވެސް ވަރަކަށް އަމަލު ނުކުރާކަން ވެސް ފާހަގަ ކުރައްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް އެމެރިކާއިން 40،000 ކޮވިޑް ކޭސް ފެނިފައި ވެއެވެ.
އެމެރިކާއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 2.68 މިލިއަން މީހުން ފެނިފައިވާއިރު އެގައުމުން ކޮވިޑް ޖެހި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ