މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަހުގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން ގާތްގަނޑަކަށް 3 މަސް ދުވަހަށް އެގައުމުގެ ޗެނަލްތަކުން ދައްކާ ސީރިއަލްތަކުގެ ޝޫޓިންތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. އެހެންނަމަވެސް މިހާރު ނިއުނޯމަލް އަކަށް އިންޑިއާވެސް މިސްރާބު ޖަހާފައިވާތީ، މަޑު މަޑުން ދަނީ ޝޫޓިންތަކާއި ފިލްމީ މަސައްކަތްތައް ވެސް އަލުން ފަށަމުންނެވެ.
ސްޓާ ޕްލަސްއިން ގެނެސްދޭ ކަސޯޓީ ޒިންދަގީކޭ އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ހިނގާ ސީރީސްއެކެވެ. އެގޮތުން ލޮކްޑައުންގެ ސަބަބުން ބޮޑު ބްރޭކަކަށްފަހު މިއަދު މިވަނީ އަނެއްކާ އަލުން ކަސޯޓީ ޒިންދަގީކޭ ގެ ޝޫޓިންތައް ފަށައިފައެވެ.
އެ ސީރީސްގެ ބަތަލާގެ ރޯލު އަދާކުރާ އެރިކާ ފްރޭންޑަސް ވަނީ މިއަދު ޝޫޓިންތަކުގައި އުޅެނިކޮށް ފެނިފައެވެ. އެގޮތުން ލޮކްޑައުން އަށްފަހު ފުރަތަމަ ކުރިޔަށް ގެންދިޔަ ޝޫޓިންއަކީ އެރިކާ ކާރެއްގައި އުޅޭ މަންޒަރެކެވެ.
ސީރީސްގައި ޕްރޭނާ ޝަރުމާގެ ރޯލު ކުޅޭ އެރިކާ އަދި ފިލްމުގެ ބަތަލު ރޯލުން ފެނިގެންދާ ޕާތު ސަމުރަތު އާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށްވަނީ ދާދިފަހުން އަޑު ފެތުރިފައެވެ. އެހެންނަމަވެސް އެރިކާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އެރިކާ ބުނީ އޭނާގެ ލޯބިވެރިއެއް ހުންނަ ކަމަށާއި، ނަމަވެސް އެއީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން