އިންޑޯ ޗައިނާ ބޯޑަރު ކައިރީގައި ޗައިނާގެ ސިފައިން ދިން ހަމަލާއެއްގައި އިންޑިއާގެ ބައެއް ސިފައިން މަރުވުމާ ގުޅިގެން ޗައިނާގެ އުފެއްދުންތައް އިންޑިއާގައި ބޭނުންކުރުން މަނާ ކުރުމަށް އާއްމުން ދިޔައީ ގޮވާލަމުންނެވެ. އިއްޔެ އިންޑިއާގެ ސަރުކާރުން މިވަނީ ޗައިނާގެ އުފެއްދުންތައް އިންޑިއާގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.
އިންޑިއާގައި ބޭނުންކުރުން މަނާކުރި އެޕްތަކުގެ ތެރޭގައި ޓިކްޓޮކް ހިމެނެއެވެ. އެގޮތުން އިންޑިއާގައި ޓިކްޓޮކް ބޭން ކުރުމާ ގުޅިގެން ޒުވާނުން މަޔޫސް ވެފައި ވާއިރު، މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ މިވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ.
އެގޮތުން އިންޑިއާގައި ޓިކްޓޮކް ބޭނުންކުރުން މަނާ ކުރި ހަބަރު ހިއްސާ ކުރަމުން އޭނާ ބުނީ، މީހުން ކުޅޭ ތާކުންތާކު ނުޖެހޭ ހުތުރު ވީޑިއޯތައް ފެންނާތީ ދެން އުޅެން ނުޖެހޭނެ ކަމަށެވެ. މަލައިކާގެ ކުރީގެ ފިރިމީހާ އަރްބާޒު ހާން ކައިރިން ވަރިވުމަށްފަހު އުޅެމުން އަންނަނީ ދަރިފުޅު އަރުހާން ހާން އާއި އެކުގައެވެ. މަލައިކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާއަށްވުރެ އުމުރުން ހަގު ތަރިއެއް ކަމަށްވާ އަރުޖުން ކަޕޫރް އާއިއެވެ.