އިރާނުން ޓްރަމްޕް ހައްޔަރުކުރުމުގެ އަމުރެއް ނެރެ އިންޓަޕޯލްގެ އެހީ އަށް އެދިއްޖެއެވެ.
އިރާނުން އަމުރު ނެރެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން އިތުރު 30 މީހަކު ހައްޔަރު ކުރުމަށެވެ.
ތެހެރާންގެ ޕްރޮސެކިއުޓާ އަލީ އަލްގަސަމީ ވަނީ މި މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ ޖެނުއަރި 3 ވަނަ ދުވަހު ޑްރޯން ހަމަލާއެއްގައި އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލި ހާދިސާ އާއި ގުޅިގެންނެވެ. އަމުރު ނެރެފައިވާ މީހުންނަށް އުފުލާފައިވަނީ މީހުން މެރުމާއި ޓެރަރިޒަމްގެ ދައުވާ ކަމަށް އިރާނުގެ ނޫސްތަކުން ބުނެއެވެ.
އިރާނުން އަމުރު ނެރެފައިވާ މީހުންގެ ތެރެއިން އެގައުމުން ނަން ހާމަކޮށްފައިވަނީ ހަމައެކަނި ޓްރަމްޕްގެ ނަމެވެ.
އިރާނުން އަމުރުކޮށްފައިވާ މީހުން ހައްޔަރު ކުރުމަށް އިންޓަޕޯލްގެ އެހީއަށް އެދުނު ނަމަވެސް އިންޓަޕޯލުން ވަނީ ސިޔާސީ އަދި މިލިޓަރީގެ އިތުރުން ދީނާއި ނަސްލީ ކަންކަމުގައި އިންޓަޕޯލުން އެހީތެރިނުވާނެ ކަމަށްބުނެ އެހީތެރި ވެވެން ނެތް ކަމަށް ބުނެފައެވެ.
އީރާނަށް ކަޑައަޅާފައި ހުންނަ އެމެރިކާގެ މަންދޫބު ބްރިއަން ހޫކް ވެސް ވަނީ މިއީ ޕްރޮޕެގެންޑާ ސްޓަންޓެއް ކަމަށް ބުނެ ފާޑު ކިޔައިފައެވެ. ހޫކް ވެސް ވަނީ އިންޓަޕޯލުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ނޯޓިސް ނުނެރުމަށް އެދިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ