އަނގަޔަށް އެއްޗެހި ލައިގެން އުޅެނިކޮށް ކޮށިއަރައިގެން ނޭވާ ހޮޅި، ފުއްޕާމޭ އަދި ކާހޮޅީގައި ތަކެތި ތާށިވުން އިތުރުވެއްޖެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވީ މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޑރ. ފައިސަލް ވިދާޅުވީ މިދުވަސްކޮޅު އަނެއްކާވެސް މިފަދަ މައްސަލަތައް ގިނަވެއްޖެ ކަމަށެވެ.
އެގޮތުން ގިނަފަހަރަށް މިކަންކަމާ ކުރިމަތި ވަނީ އަނގަޔަށް ކާއެއްޗެހި އަޅައިގެން ނުވަތަ އަނގަޔަށް ކުޅޭ އެއްޗެހި ލައިގެން ދުވުމުގެ ސަބަބުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. ބުރުގާ އަޅާ އިރު، އަނގަޔަށް ޕިން ލައިގެން އުޅޭ އުޅުމުގެ ތެރެއިން ޕިން ދިރުވޭކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިންވެސް އައިޖީއެމްއެޗުން އެކި ފަހަރު މަތިން މިފަދަ މައްސަލަތަކާ ގުޅިގެން ވަނީ އޮޕަރޭޝަން ކޮށްފައެވެ. އެގޮތުން ބުރުގާ ޕިން އަދި ކުޑަކުދިން ކުޅެން ގެންގުޅެ ދަތެތި ދިރުވި، ނޭވާ ހޮޅި، ފުއްޕާމޭ ނުވަތަ ކާހޮޅީގައި ތާށިވުމުގެ ސަބަބުން އެ ތަކެތި ނެގުމަށް އޮޕަރޭޝަން ކޮށްފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު