ބެޑްމިންޓަން އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމްއިއްޔާ އަދި އަމިއްލަ މެންބަރުންނަށް އެކުވެނި އިންޑޯހޯލް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ 01 ޖުލައި 2020 ން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަނުގެ ޕޫލްތައް ފަރިތަކުރާ ގަޑިތައް ފިޔަވައި ހޯލު ހުޅުވާފައި ހުންނަ އެހެން ގަޑިތަކުގައި ކްލަބް/ޖަމިއްޔާ އަދި އަމިއްލަ މެންބަރުންގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓާއަށް މެންބާޝިޕް ފީ ދައްކާފައިވާ ފަރާތްތަކަށް ހޯލު ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާ އަށް ފީ ދައްކާފައިވާ އެއްވެސް ފަރާތްތަކުން 2 ވަނަ ކުއާޓާގެ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށް ވާތީ، ހޯލަށް ވަދެވޭނީ މެމްބަޝިޕް ކާޑު ގެންދާ ފަރާތްތަކަށް އެކަނިކަމަށެވެ. ޝެޑިއުލް ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަނުގައި އެދެން ޖެހޭނީ، ޝެޑިއުލް ކުރަން އެދޭ ދުވަހުގެ އެއް ދުވަސް ކުރިން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ކޯޓް ޝެޑިއުލް ކުރެވޭ ގަޑިތައް:
- 05:30-08:30 ކްލަބް/ޖަމިއްޔާ އަދި އަމިއްލަ މެންބަރުން
- 08:30-11:30 ބީ.އޭ.އެމް ޕޫލް
- 11:30-14:30 ކްލަބް/ޖަމިއްޔާ އަދި އަމިއްލަ މެންބަރުން
- 14:30-18:30 ބީ.އޭ.އެމް ޕޫލް
- 18:30-21:30 ކްލަބް/ޖަމިއްޔާ އަދި އަމިއްލަ މެންބަރުން
ކޯޓް ޝެޑިއުލްކުރުމުގައި އިސްކަންދޭނީ ރިކުއެސްޓުކުރެވޭ ތަރުތީބުން ކަމަށާއި ކޯޓް ޝެޑިއުލް ކުރުމަށް: 9924444 އަށް ވައިބަރު ނުވަތަ އެސް.އެމް.އެސް ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި (އީމެއިލް ކުރެއްވުމަށްފަހު މެއިލް ލިބިފައިވޭތޯ 3314057 އަށް ގުޅުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
ކޮންމެ ދުވަހެއްގެ ހެންދުނު 9:00 އިން މެންދުރުފަހު 14:00ށް ލިބޭ ރިކްއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް އެސޯސިއޭޝަންގެ ވައިބަރު ކޮމިއުނިޓީއަށް އަދި ނޯޓިސް ބޯޑުގައި އާންމުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު