އަންނަ މަހުން ފެށިގެން ގދ. މާވާރުލަށް ދަތުރުތައް ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ.
ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާވާރުލު އެއާޕޯޓު ހުޅުވާލާނެ ކަމަށެވެ. ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާވާރުލަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 827 ރުފިޔާ ކަމަށެވެ.
މާވާރުލު އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މާޗު 11 ވަނަ ދުވަހުއެވެ.
ސަރުކާރުން ކުރިން މަސައްކަތްކޮށްފައިވަނީ މާޗު މަހުގެ 20 ވަނަ ދުވަހު މާވާރުލު އެއާޕޯޓަށް ދަތުރުތައް ފެށުމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ތިން ފަހަރެއްގެ މަތިން ވަނީ ދަތުރުތައް ފެށުން ލަސްކޮށްފައެވެ.
މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ.
މާވަރުލު އެއާޕޯޓް
މާވަރުލު އެއާޕޯޓް
މާވަރުލު އެއާޕޯޓް