ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަކު އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހޮޅުދޫ އިސް މެޖިސްޓްރޭޓަކަށް އައްޔަނުކޮށްފައިވަނީ ރ. ހުޅުދުއްފާރު/ ޝަކީލީހިޔާ، އާދަމް ޝަރީފެވެ. ރަސްމިއްޔާތުގައި އޭނާއަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީއެވެ.
ހޮޅުދޫ އިސް މެޖިސްޓްރޭޓް ކަމުގެ ފަތްކޮޅު އާދަމް ޝަރީފާ ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.