ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހު ބާއްވާ ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މިމަހުގެ 26 އިން 28 އަށް ކުރިއަށްގެންދާ މި އެކްސްޕޯ އިންތިޒާމުކުރަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީންނެވެ. ދިވެހި ޒުވާނުންނަށް ތަފާތު ވަޒީފާގެ ދާއިރާތައް ތައާރަފުކޮށްދީ، ވަޒީފާ ދޭ ފަރާތްތަކާ ސީދާ ބައްދަލުކުރެވޭނެ މަގު ހުޅުވައިދިނުމަކީ މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމެވެ. ހަމައެއާއެކު، ކެރިއާ ކައުންސެލިން ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ތަޖުރިބާކާރުންނާ ގުޅުން ބެހެއްޓުމުގެ ފުރުސަތުތައް ވެސް މި އެކްސްޕޯގެ ތެރެއިން ލިބޭނެއެވެ.
ބީއެމްއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެކްސްޕޯގައި އެ ބޭންކުން ބައިވެރިވެ، ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކާއި، މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ޒުވާނުންނާ ހިއްސާކުރާނެއެވެ. ޒުވާނުން ބާރުވެރިކުރުވައި އެ ފަރާތްތަކަށް ވަޒީފާގެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލުން ދެމުންދާ ސަމާލުކަން މި ބައިވެރިވުމުން ހާމަވާ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލް ވަނީ 2025 ވަނަ އަހަރުގެ ވަރަ އެކްސްޕޯގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ވެސް ބައިވެރިވެ، ދިވެހި ޒުވާނުންގެ ތައުލީމާއި ހުނަރު ކުރިއެރުވުމަށް އެއްބާރުލުން ދީފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް