ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، އެމީހުން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ)
  • ތ. ތިމަރަފުށި / އަލީއާބާދު، އަހްމަދު މުހައްމަދު (38އ)
  • ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު އަލީމަނިކު (41އ)
  • ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (41އ)

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.