އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކުރި ހއ. ހޯރަފުށީ، ނޫވިލުގެ، އަހުމަދު ފައިރިޝް (43އ)، ފަރުވާއަށް ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެ ތަނުން ފިލުމުން، އޭނާ ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ އެތަނުން ފިލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ފައިރިޝް ލޮކޭޓުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާނީ ކަމެއް ނުވަތަ އަލުން ފަރުވާއަށް ފޮނުވާނީ ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
އޭނާ ހައްޔަރުކުރީ ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރިއެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.
ފައިރިޝް އުނދަގޫކުރާ މައްސަލަ ހައްލުނުވާތާ ގިނަ ދުވަސްތަކެއްވެ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފައެވެ. ހެންވޭރު ޕޮލިހާއި އެތަނުގެ ބޭރުގައި ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލާފައިވަނީ ހަޅުތާލުގައި ހުންނަތާ 35 ގަޑިއިރަށްފަހުއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް