އަންނަ އަހަރުގެ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަަކަށް އަމާޒަކީ ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް 59.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓްގައި ކެޕިޓަލް ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އުމްރާނީ ތަރައްގީއަށް ކަމަށެވެ.
އެގޮތުން ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އެކަނިވެސް މި ބަޖެޓްގައި 8.2 ބިލިޔަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 އިންސައްތަ ނިންމުން ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މައިގަނޑު 10 ދާއިރާއެއް ވަނީ ހިމަނައިފައެވެ.
މީގެ ތެރޭގައި ސިއްހީ ދާއިރާ، އިގުތިސާދާއި ސިނާއީ ދާއިރާ، ދަރަނީގެ ގޮތުގައި ހަރަދުގެ ދާއިރާ، ދިފާއީ އަދި އަދުލު އިންސާފުގެ ދާއިރާ، ތައުލީމީ ދާއިރާ، އާންމު ހިދުމަތްތަކުގެ ދާއިރާ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ، ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާ އަދި އެހެނިހެން ދާއިރާ ހިމެނެއެވެ. މީގެ ތެރެއިން 10.6 ބިލިޔަން ރުފިޔާގެ ބަޖެޓަކާއެކު އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ ސިއްހީ ދާއިރާއަަށެވެ.
އިބްރާހިމް ޒަކީ
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް