މިނިސްޓަރުންގެ 10 ވަނަ "އަހާ" ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ، (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމެކެވެ. މަގުސަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްސީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.
ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ އެންމެ އިސް މަސްއޫލުވެރިންނާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު މިފޯރަމުން ފަހިވެގެންދެއެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
-
- މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ހަސަން ޒަރީރު
- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް
- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު
މި ފޯރަމް އޮންނާނީ މިރޭ 21:00ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެއެވެ.
މީގެ އިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ. މިއީ ދެ ގަޑިއިރަށް ކުރިއަށްގެންދާ ފޯރަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައި ވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި ފޯރަމްގެ ޒަރީއާއިން، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ އާއި އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި ދާއިރާތަކާއި މައްސަލަތަކުގައި އެކަންކަން ހައްލުކުރުމަށް ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އޮންލައިންކޮށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މި ފޯރަމްގައި ކޮންމެ ތާކުން ކޮންމެ ރަށަކުންވެސް، ބައިވެރިވެވޭނެ އެވެ. އަދި އެ ވަޒީރެއްގެ ދާއިރާއިން ހުށައަޅަން ބޭނުން ކޮންމެ ސުވާލެއް ހުށައެޅޭނެއެވެ.
މިހާތަނަށް އަހާ ފޯރަމްގެ ނުވަ ފޯރަމް ވަނީ ބާއްވާފައެވެ.
އިބްރާހިމް ޒަކީ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ކޮމެންޓް