މާލޭ ސަރަހައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތައް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހެނދުނު 6:00 އިން 8:30 އަށް 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ހައިވޭގައި ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް އެފަދަ އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ބުރިޖު ހައިވޭގައި ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.
އިއުލާނުގައި ބުނީ، ސްކޫލު އޮންނަ ދުވަސްތަކުގައި ސްކޫލުތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލުތަކުގެ ސަަރަހައްދުތަކުގައި އެފަދަ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.
އެ ނިންމުން ނިންމީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކާއި ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަމަށް އިއުލާނުގައި ބުންޏެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ކޮމެންޓް