ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުން ހިސާން ހަސަން ވަކިކޮށްފިއެވެ.

އެމްޑީއެމްއޭގެ ސީއީއޯގެ މަގާމުން ހިސާން ވަކިކުރިކަން އަންގާފައިވާކަން ހިސާން ވަނީ މިއަދު "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ހިސާނަކީ ރާއްޖެއަށް 2008 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ރާއްޖޭގެ ހާލަތު ބަލައި ފިޔަވަޅުތައް އެޅުމަށް އުފެއްދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)ގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އޭގެ ފަހުން، ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެމްޑީއެމްއޭގެ ސީއީއޯގެ މަގާމަށް ހިސާން އައްޔަންކުރެއްވިއެވެ. އެމްޑީއެމްއޭ އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.