ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވެވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
- އަހްމަދު ޝަފްނީޒް ބަކީޗާގެ ސ. ހުޅުދޫ
- އަހުމަދު މައުސޫމް ވ. މިއަރެސް
- މަރިޔަމް ޖައިދާ ކަނދުގަސްދޮށުގެ ކ. ދިއްފުށި
މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް ކޮމިޓީ މެންބަރުން މާކްސް ދެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ 96.20 ޕަސެންޓް މާކްސް ލިބުނު ޝަފްނީޒް އަށެވެ.
އެހެންކަމުން އެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކޮށް، އެ މައްސަލަ ދިރާސާކުރި ރިޕޯޓް، ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ
ކޮމެންޓް