ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ކެބިނެޓް މޭޒުގެ ވަށައިގެން ތިބެ، އެޖެންޑާ ކަރުދާސްތަކަށް ބަހުސްކުރާ ސަގާފީ މަންޒަރާ ހިލާފަށް އިއްޔެ އަނެއްކާވެސް ފެނިގެންދިޔައީ ތަފާތު ގޮތަކަށް ސަރުކާރުގެ އެންމެ އިސް ފަށަލައިގެ މަސައްކަތްތައް ކުރިއަށްދިޔަ ތަނެވެ. މިއީ މި ގޮތަށް ފެނުނު ތިން ވަނަ ބައްދަލުވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައި، ކެބިނެޓު މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާ ގުޅޭ މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބާއްވަމުން އަންނަ "ވޯކިން ގްރޫޕް ކެބިނެޓް" ބައްދަލުވުމަކީ، ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ފެންނަ މުހިއްމު ބަދަލެކެވެ. ހަމައެކަނި ސިޔާސީ ނިންމުންތައް ނިންމުމުގެ ބަދަލުގައި، މި ބައްދަލުވުމުން ފެންނަނީ މަޝްރޫއުތައް ތަންފީޒުކުރާނެ ގޮތުގެ އަމަލީ މަސައްކަތްތަކަށް ވަދެ، ނަތީޖާ ނެރުމަށް ރާވާފައިވާ އޮނިގަނޑެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލުގެ މައިގަނޑު ބޭނުމަކީ މަސައްކަތްތައް ހިނގާ ސްޕީޑު އަވަސްކުރުމެވެ.

6 އޮކްޓޯބަރު 2026، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން، މި ބައްދަލުވުމަަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ހާޒިރުކުރައްވައި، މަޝްރޫއުތައް ހިނގާގޮތުގެ ފަހުގެ މައުލޫމާތު ރައީސް ވަނީ ހޯއްދަވާފައި، އަދި އެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގެންދިދުމަށް އިރުޝާދުތައް ވެސް ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދޭ--- ފޮޓޯ: ރައީސް އޮފީސް

ވޯކިން ގްރޫޕް ކެބިނެޓް ބައްދަލުވުމެއްގެ މާނައަކީ، ވަކި ހާއްސަ މައުލޫއަކަށް ނުވަތަ މަޝްރޫއަކަށް އަމާޒުކޮށްގެން، އެ ކަމަކާ ގުޅޭ ހުރިހާ ވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިން އެއްތަންވެ މަސައްކަތްކުރުމެވެ.

އާންމު ކެބިނެޓް ބައްދަލުވުންތަކުގައި ކަންކަން ފާސްކުރި ނަމަވެސް، އެ ކަންކަން ތަންފީޒުކުރުމުގައި އިދާރާތަކުގެ މެދުގައި އުފެދޭ ފުށުއެރުންތަކުގެ ސަބަބުން ގިނަ ފަހަރަށް މަސައްކަތްތައް ލަސްވެއެވެ. ނަމަވެސް ވޯކިން ގްރޫޕް މޮޑެލްގައި މި ފުށުއެރުންތައް ނައްތާލުމަށް ސީދާ އެ މޭޒުމަތިން ހައްލު ހޯދައެވެ.

6 އޮކްޓޯބަރު 2026، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން، މި ބައްދަލުވުމަަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ހާޒިރުކުރައްވައި، މަޝްރޫއުތައް ހިނގާގޮތުގެ ފަހުގެ މައުލޫމާތު ރައީސް ވަނީ ހޯއްދަވާފައި، އަދި އެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގެންދިދުމަށް އިރުޝާދުތައް ވެސް ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދޭ--- ފޮޓޯ: ރައީސް އޮފީސް

ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، މިއީ މަޝްރޫއުތައް އަވަސްކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

6 އޮކްޓޯބަރު 2026، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން، މި ބައްދަލުވުމަަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ހާޒިރުކުރައްވައި، މަޝްރޫއުތައް ހިނގާގޮތުގެ ފަހުގެ މައުލޫމާތު ރައީސް ވަނީ ހޯއްދަވާފައި، އަދި އެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގެންދިދުމަށް އިރުޝާދުތައް ވެސް ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދޭ--- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅުތައް ހާސިލުކުރުމަށް ހުރި ހުރަސްތައް ނައްތާލުމާއި މަޝްރޫއުތައް އަވަސްކުރުމާ ގުޅޭ ގޮތުން ކަމަށް މުންދު ވިދާޅުވިއެވެ.

"މިއީ ހަމަ ސީދާ މަޝްރޫއުތައް އަވަސް ކުރުމަށް އަމާޒުކޮށް ރައީސް ބޭއްވެވި ބައްދަލުވުމެއް. އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާއި ހަމަޔަށް ވަކިވަކި ރަށްރަށުގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތުތަކާ ގުޅޭގޮތުން ރައީސް ސުވާލުކުރެއްވި. އަދި ހުރި މައްސަލަތައް ފާހަގަކުރައްވައި ކުރިޔަށް ދާންވީ ގޮތުގެ ސިދާ އިރުޝާދުތައް ވަގުތުން ވަގުތަށް ދެއްވެވި." މުންދު ވިދާޅުވިއެވެ.

6 އޮކްޓޯބަރު 2026، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން، މި ބައްދަލުވުމަަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ހާޒިރުކުރައްވައި، މަޝްރޫއުތައް ހިނގާގޮތުގެ ފަހުގެ މައުލޫމާތު ރައީސް ވަނީ ހޯއްދަވާފައި، އަދި އެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގެންދިދުމަށް އިރުޝާދުތައް ވެސް ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދޭ--- ފޮޓޯ: ރައީސް އޮފީސް

މުންދު ވިދާޅުވިގޮތުގައި، ރައީސް މުއިއްޒު ވަނީ، ކަނޑައެޅިފައިވާ ވަގުތަށް ޕްރޮޖެކްޓްތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސާފު އިރުޝާދުތަކެއް ދެއްވައިފައެވެ.

ކެބިނެޓް ވޯކިން ގްރޫޕްތައް ނުވަތަ އެކި ވުޒާރާތައް ގުޅިގެން މަސައްކަތްކުރާ ޓާސްކްފޯސްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި އާންމުކޮށް ބޭނުންކުރާ ނިޒާމެކެވެ. އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވެސް ކެބިނެޓް ކޮމިޓީތަކާއި ވޯކިން ގްރޫޕްތައް މެދުވެރިކޮށް، ތަފާތު އިދާރާތައް ގުޅިގެން ނިންމާން ޖެހޭ ބޮޑެތި ކަންކަން ނިންމައެވެ. އެމެރިކާގައި ވެސް ވޯކްފޯސް ޕޮލިސީތައް ފަދަ ކަންކަން އެކުލަވައިލުމަށް ކެބިނެޓް ލެވެލްގެ ވޯކިން ގްރޫޕްތައް ބޭނުންކުރާކަން ރެކޯޑުތަކުން ދައްކައެވެ. މި މޮޑެލްގެ އެންމެ ބޮޑު ފައިދާއަކީ ދައުލަތުގެ ތެރޭގައި އުފެދިފައި ހުންނަ އިދާރީ ފާރުތައް މުގުރާލައި، އެއް އަމާޒަކަށް ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުމަށް މަގުފަހިވުމެވެ. ހާވާޑް ބިޒްނަސް ރިވިއުގައި ޝާއިއުކޮށްފައިވާ ދިރާސާއަކާ ހަވާލާދީ ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި، ހަރުދަނާ ލީޑަރޝިޕެއް ނެތި އުފައްދާ މިފަދަ ޓީމުތަކުގެ 75 އިންސައްތަ ނާކާމިޔާބުވެއެވެ. އެހެންކަމުން، ގައުމުގެ އެންމެ އިސްވެރިޔާ މިފަދަ ގްރޫޕްތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ ކާމިޔާބީގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

6 އޮކްޓޯބަރު 2026، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން، މި ބައްދަލުވުމަަށް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ހާޒިރުކުރައްވައި، މަޝްރޫއުތައް ހިނގާގޮތުގެ ފަހުގެ މައުލޫމާތު ރައީސް ވަނީ ހޯއްދަވާފައި، އަދި އެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގެންދިދުމަށް އިރުޝާދުތައް ވެސް ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދޭ--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ފަދަ ކުޑަ، ނަމަވެސް އިދާރީ އޮނިގަނޑު ބޮޑު ގައުމަކަށް މިއީ މުހިއްމު ބަދަލެއް ކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. ސަރުކާރުގެ ވުޒާރާތައް ވަކި ޖަޒީރާތަކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އެއް މޭޒެއްގެ ދޮށުން ނިންމުންތައް ނިންމުމަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ހަރުދަނާވެގެންދާނެ ކަމެކެވެ. މި ނިޒާމުގެ ތެރެއިން އާންމު ރައްޔިތުންނަށް ފެންނާނެ އެންމެ ބޮޑު ނަތީޖާއަކަށް ވާނީ، މަޝްރޫއުތައް ހުއްޓިފައި އޮންނަ އޮތުން ނިމުމަކަށް އައިސް، ހިދުމަތްތައް އަވަސްވުން ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުންނަ ގާނޫނީ އަދި އިދާރީ ފުށުއެރުންތައް ވަގުތުން ހައްލުކުރެވޭނެކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.