ލަންޑަންގެ ހީތްރޯ އެއާޕޯޓުން އެމެރިކާގެ ޝިކާގޯއަށް ދަތުރުކުރި ބްރިޓިޝް އެއާވޭސްގެ ފްލައިޓަކަށް އިއްޔެ މައްސަލައެއް ދިމާވެ، އަޔަލެންޑް މަތިން ކުއްލި ހާލަތު އިއުލާންކުރުމަށްފަހު އަނބުރާ ލަންޑަނަށް ހިނގައްޖެއެވެ.
ފްލައިޓް ޓްރެކްކުރާ ވެބްސައިޓްތަކުގެ ޑޭޓާއިން ދައްކާ ގޮތުގައި، ބޯއިން 777-200 އީއާރު މަރުކާގެ "ބީއޭ295" ފްލައިޓް ވަނީ 37،000 ފޫޓުމަތިން އުދުހެމުން ދަނިކޮށް، ކުއްލި ގޮތަކަށް 9،000 ފޫޓަށް ތިރިކޮށްފައެވެ. މިއީ ގާތްގަނޑަކަށް 28،000 ފޫޓުގެ ތިރިކުރުމެކެވެ. މި ހާދިސާ ހިނގާފައިވަނީ އަށް ގަޑިއިރާއި 40 މިނެޓުގެ ދަތުރު ފެށިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ.
ބްރިޓިޝް އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ފްލައިޓް އަނބުރާ ލަންޑަނަށް ޖެއްސީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.
އޭވިއޭޝަން ދާއިރާގެ މައުލޫމާތުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިގޮތަށް ކުއްލިއަކަށް ފްލައިޓް ތިރިކުރަނީ ކެބިންގެ ޕްރެޝަރު ދަށްވުމުންނެވެ. މި ހާދިސާގައި ފްލައިޓް ތެރެއަށް އޮކްސިޖަން މާސްކުތައް ވެސް ވެއްޓުނު ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކުއްލި ހާލަތު އިއުލާންކުރުމަށްފަހު، ފްލައިޓް ލަންޑަނަށް ޖެއްސީ ބަރުދަން ލުއިކުރުމުގެ ގޮތުން ތެޔޮ އަންދާލުމަށްޓަކައި ވައިގެ ތެރޭގައި އެތައް އިރަކު ދުއްވުމަށް ފަހުގައެވެ. މި ހާދިސާގައި ފްލައިޓްގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
ބްރިޓިޝް އެއާވޭސް
ބްރިޓިޝް އެއާވޭސް
ބްރިޓިޝް އެއާވޭސް
ކޮމެންޓް