އަޖޭ ދޭވްގަން ލީޑު ރޯލުން ފެންނަ ހިންދީ ފިލްމު "ދްރިޝްޔަމް 3" ނެރުން ހުއްޓުވުމަށް މެޑްރާސް ހައި ކޯޓުން ދެކޮޅުހަދައިފިއެވެ. ކޯޓުން މިގޮތަށް ނިންމީ ފިލްމުގެ ރީމޭކް ރައިޓްސްއާ ގުޅޭގޮތުން ޗެންނާއީގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ރާޖްކުމާރު ތިއޭޓާސްއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އޮކްޓޯބަރު 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، ފިލްމު ނެރުން ވަގުތީ ގޮތުން ހުއްޓުވުމުގެ އަމުރެއް ނެރެދެވޭކަށް ނެތެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، ހިންދީ ރީމޭކްގެ ކޮޕީރައިޓް ރާޖްކުމާރު ތިއޭޓާސްއަށް ލިބިގެންވާކަން މި މަރުހަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގޭކަށް ނެތެވެ. މި މައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަކީ ތަފްސީލީ ގޮތެއްގައި ބަލައި ދިރާސާކުރާން ޖެހޭ ކަންތައްތަކެއް ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
ރާޖްކުމާރު ތިއޭޓާސްގެ ވެރިން ކަމަށްވާ ސްރިޕްރިޔާއާއި ރާޖްކުމާރު ސޭތުޕަތީ ބުނި ގޮތުގައި، ދްރިޝްޔަމް ފްރެންޗައިޒްގެ އެއްވެސް ފިލްމެއް އިންޑިއާގެ ބަހަކުން ރީމޭކް ކުރުމުގެ އެންމެ ފުރަތަމަ ހައްގު ލިބިގެންވަނީ އެ ކުންފުންޏަށެވެ. އެ ކުންފުނިން ކޯޓުގައި ބުނެފައިވަނީ، ހިންދީ ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމު އުފައްދާފައިވަނީ އެ ކުންފުނީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހޯދައިގެން ކަމަށާއި، ނަމަވެސް ތިންވަނަ ފިލްމު އުފައްދާފައިވަނީ އެފަދަ ހުއްދައެއް ނުހޯދައި ކަމަށެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން ކޯޓުގައި ބުނެފައިވަނީ ފަހުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާޖްކުމާރު ތިއޭޓާސްއަށް މިހާރު އެ ހައްގު ލިބިގެން ނުވާ ކަމަށެވެ. ކޯޓުގެ މި ނިންމުމާއެކު، ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް އޮކްޓޯބަރު 2 ވަނަ ދުވަހު ފިލްމު ވަނީ ސިނަމާތަކުގައި ރިލީޒްކޮށްފައެވެ.
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
ކޮމެންޓް