ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އަދި ޑައިރެކްޓަރު ރޯހިތް ޝެޓީ އަނެއްކާވެސް އެއް ފިލްމެއްގައި އެކުގައި މަސައްކަތް ކުރާން ނިންމައިފައެވެ. މިއީ މި ދެ ފަރާތް ގުޅިގެން އުފައްދާ 14 ވަނަ ފިލްމެވެ. މި ފިލްމަކީ "ގޯލްމާލް" ސީރީޒްގެ ފަސްވަނަ ބައި ކަމަށްވާ "ގޯލްމާލް ފައިވް" އެވެ. ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗުގައެވެ.
ފިލްމުގެ މައިގަނޑު ވާހަކަ ވަނީ ނިންމައިފައި ކަމަށާއި ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. ފިލްމު ނެރޭން ނިންމައިފައިވަނީ 2027 ގައެވެ.
އަޖޭ ދޭވްގަންގެ އިތުރުން އަރްޝަދް ވާރްސީ، ތުޝާރް ކަޕޫރު، ކުނާލް ކެމޫ، ޝްރޭޔަސް ތަލްޕަޑޭ އަދި ޖޮނީ ލީވަރު ފަދަ އެކްޓަރުން މި ފިލްމުގައި ފެނިގެންދާނެއެވެ.
ރޯހިތް ޝެޓީ މިހާރު ޝޫޓިންގެ މަސައްކަތް ކުރަމުންދަނީ ރާކޭޝް މަރިއާގެ ބަޔޯޕިކް ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުގައެވެ. މި ފިލްމު ނެރޭން ނިންމައިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
އަޖޭ ދޭވްގަން "ރޭންޖަރ"، "ޓޯޓަލް ދަމާލް" އަދި "ދްރިޝްޔަމް 2" ފަދަ ފިލްމުތަކުގެ ޝޫޓިން ނިންމުމަށްފަހު "ގޯލްމާލް ފައިވް" ގެ ޝޫޓިން ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ. އޭނާގެ ދެން އަންނަ ފިލްމަކީ "ސަން އޮފް ސަރްދާރު 2" އެވެ.
"ގޯލްމާލް" އަކީ އިންޑިއާގެ އެންމެ މަގުބޫލު ކޮމެޑީ ފްރެންޗައިޒްތަކުގެ ތެރެއިން އެއް ފްރެންޗައިޒްއެވެ.
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން